ޚަބަރު

ހިޔާ ފްލެޓުތަކާ ދިމާލުން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ


  • މީހަކު ގެއްލިގެން ރިޕޯޓް ކުރީ މިރޭ 9:30 ގައި

  • އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކާ ދިމާލުން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މޫދަށް ފޭބި މީހާގެ ޚަބަރެއް ނުވެގެން މިރޭ 9:30 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މީހަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފާއި، މެރިން ޕޮލިހަށް އެ މައުލޫމާތު ހިއްސާކޮށް އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މޫދަށް ފޭބި ފަހުން ޚަބަރުނުވެ ގެއްލިފައިވާ މީހާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައި ނުވެއެވެ.