ދުނިޔެ

އާސިޔާން - ޗައިނާ، މަޝްވަރާތައް ނިންމާލައިފި


ސިންގަޕޫރުގައި ކުރިޔަށް ދިޔަ އާސިޔާންގެ ގައުމުތަކާއި ޗައިނާގެ އިސް މަސްއޫލުވެރިންގެ މަޝްވަރާތައް ނިންމާލައިފިއެވެ. 

މިބައްދަލުވުމުގައި އާސިޔާންގައި ހިމެނޭ ބާވީސް ޤައުމުގެ މަސްއޫލުވެރިންނާއި ޗައިނާގެ މަސްއޫލުވެރިން މަޝްވަރާކުރެއްވީ ޗައިނާއާއި އާސިޔާންގެ ގުޅުންތައް ހަރުދަނާކޮށް ދެފަރާތުގެ ދެމެދުގައި ޔަޤީންކަމާއި އިތުބާރު އުފެއްދުމާ ބެހޭގޮތުންނެވެ. މި މަޝްވަރާތަކަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ޗައިނާއާއި އާސިޔާންއާ ދެމެދު އުފެދޭ މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކޮށް ހުރިހާ ކަމެއްގައިވެސް އެއް ފަރާތުން އަނެއް ފަރާތަށް އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވެއެވެ. 

އާސިޔާންގެ ބައެއް ޤައުމުތަކަކީ ދެކުނު ޗައިނާ ކަނޑުގައި، ޗައިނާއާ ސަރަޙައްދީ ރޮނގުގެ އަރާރުންތައް އޮންނަ ޤައުމުތަކެކެވެ. މީގެތެރޭގައި ފިލިޕީންސާއި ވިއެޓްނާމާއި މެލޭޝިޔާ ހިމެނެއެވެ. ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ހިންގާ ޙަރަކާތްތަކާ ދެކޮޅަށް އެގައުމުތަކުން ދާދިފަހުން ވަނީ އަޑުއުފުލާފައެވެ.