ޚަބަރު

ރެފިއުޖީންގެ އެއްބަސްވުމާއިމެދު ހިޔާލު ތަފާތުވުން އުފެދިއްޖެ


ޔޫރަޕަށް އެތެރެވާން މަސައްކަތްކުރާ ރެފިއުޖީންގެ މައްސަލަ ޙައްލުކުރުމަށް އީޔޫއާއި ތުރުކީވިލާތާ ދެމެދުވެފައިވާ އެއްބަސްވުމާ ބެހޭގޮތުން، ބްރަސްލަސްގައި ކުރިޔަށް ގެންދާ ޔޫރަޕިއަން ޕާލަމެންޓްގެ ބައްދަލްވުމެއްގައި ޚިޔާލް ތަފާތުވުން އުފެދިއްޖެއެވެ. 

މާރޗްމަހުގެ ވިހިވަނަ ދުވަހު ޢަމަލުކުރަން ފަށާފައިވާ އީޔޫ- ތުރުކީ އެއްބަސްވުމުގެ ބޭނުމަކީ ޔޫރަޕަށް އެތެރެވާން މަސައްކަތް ކުރަމުންގެންދާ މީހުންގެ ޢަދަދު މަދުކުރުމެވެ. މި އެއްބަސްވުމުގެ ދަށުން، ޔޫރަޕަށް ބަދަލުވުމަށް ފުރިހަމަކުރަންޖެހޭ ލިއުންތައް ފުރިހަމަނުކުރާ ފަރާތްތައް އަބުރާ ތުރުކީވިލާތަށް ފޮނުވާލެވޭނެއެވެ.

ބަދަލުގައި ތުރުކީއަށް އެހީގެ ޕެކެޖްތައް ދޭގޮތަށް ވަނީ ކަޑައަޅާފައެވެ.

ޔޫރަޕަށް އެތެރެވާން އުޅޭ މީހުންގެ ގިނަބަޔަކު ގްރީސްގެ ލެސްބޮސް ޖަޒީރާގައިވެސް، ވަކިކޮޅަކަށް ނުދެވި ބަންދުވެފައި ތިބެންޖެހިފައިވެއެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާގޮތުގައި މިފަދަ މީހުން ތިބޭ ކޭމްޕްތަކަށް އެކަށީގެންވާވަރަށް ކާބޯތަކެތިވެސް ފޯރުކޮށް ނުދެވެއެވެ.