ޚަބަރު

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ތަސްދީޤްކުރައްވައިފި


މި އެޕްރީލް މަހުގެ 20 ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި "ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު"، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޞްދީޤް ކުރައްވައިފިއެވެ. 

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ތަޞްދީޤް ކުރެއްވުމުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތް ކަނޑައެޅުމުގައި އަޅާކިޔާނެ ޕްރޮފެޝަނަލް މިންގަނޑުތަކެއް ދުރާލާ ކަނޑައެޅި، އެފަދަ މިންގަނޑުތަކެއް ދުރާލާ ކަނޑައެޅެމުންދާނެ ޤައުމީ އޮނިގަނޑެއް ތަޢާރަފްކުރެވޭނެއެވެ. އަދި، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތަކީ، ޤަދަރުވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކުރާ، ދިރިހުރި މުސާރައަކަށާއި ޢިނާޔަތަކަށްވުމަށްވެސް މަގުފަހިވެގެންދާނެއެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.