ޚަބަރު

ސާޖަންޓް އެޓް އާމްސްގެ މަގާމާއި ޠަލްޙަތު ހަވާލުވެވަޑައިގެންފި


  • މަގާމަށް ޠަލްހަތު އައްޔަން ކުރެއްވީ މިދިޔަ ހަފުތާގައި

  • ޤައުމީ ދިފާޢީ ބާރުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި

ސާޖަންޓް އެޓް އާމްސްގެ މަގާމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރި މޭޖަރ، ރިޓަޔަރޑް ޠަލްޙަތު ޙަސަން މަގާމާއި ހަވާލުވެވަޑައިގެންފިއެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޠަލްހަތު ވަނީ މަގާމުގެ ހުވާކުރެއްވުމަށްފަހު ގަރާރުގައި ސޮއި ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސާޖަންޓް އެޓް އާމްސްގެ މަގާމަށް ޠަލްޙަތު އައްޔަން ކުރައްވާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ޠަލްހަތު ވަނީ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، މޭޖަރ ޖެނެރަލްގެ މަގާމުގައި ރިޓަޔަރ ކުރައްވާފައެވެ. އެއަށްފަހު ސްޓެލްކޯގެ ބޯޑު މެންބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.

މަޖިލީހުގެ ސަރޖަންޓް އެޓް އަރމްސްގެ މަގާމުގައި ކުރިން ހުންނެވީ މުޙައްމަދު ހަލީމެވެ. އޭނާއާ ގުޅޭ މައްސަލައެއް މަޖިލީހުން ބަލަމުންދާތީ، އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭގެފަހުން އެ މަގާމު އޮތީ ހުސްކޮށެވެ.