ޚަބަރު

ކަޅުތުއްކަލާކޮށީގައި އަލަށް ޢިމާރާތްކުރެއްވި މިސްކިތް ހުޅުވައިފި


ކަޅުތުއްކަލާ ކޮށީގައި އަލަށް ޢިމާރާތްކުރެއްވި "މަސްޖިދުލްވަފާ" ހުޅުވައިފިއެވެ. 

ކަޅުތުއްކަލާކޮށީގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޮރ ގްރޭޖުއޭޓް ސްޓަޑީޒްގެ ހެޑް، ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.

މިސްކިތް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތައްފަހު، ޖަމާޢަތުގައި އިޝާ ނަމާދުކުރުމާއި އަދި ޝަރަފްވެރި މެހެމާނުގެ ތަގުރީރްކުރެއްވުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަލިފުޅުތުއްތު ފައުންޑޭޝަންގެ ދީލަތި އެހީއާއެކު ހަދާފައިވާ މި މިސްކިތް ފަރުމާ ކުރެވިފައިވަނީ ތިންސަތޭކައެއްހާ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. 

ތިން ބުރިއަށް ހަދާފައިވާ މި މިސްކިތުގެ ގްރައުންޑް ފްލޯގައި ލައިބްރަރީއަކާއި ވުޟޫކުރުމަށް ދެ އިސްކުރު ބަރިވެސް ބަހައްޓާފައިވެއެވެ. މިސްކިތުގެ ބިންގާ އަޅާފައިވަނީ 2013 ވަނަ އަހަރު އެޕްރީލް 21 ވަނަ ދުވަހުއެވެ.