ފުޓުބޯޅަ

ފަހުވަގުތު މާޒިޔާއަށް 3 ޕޮއިންޓް ގެއްލިއްޖެ


މެޗުގެ އިތުރުވަގުތުގެވެސް އެންމެ ފަހު ވަގުތު މާޒިޔާއަށް ތިން ޕޮއިންޓް ގެއްލުމުން އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު މާޒިޔާއަށް ހަނިވެއްޖެއެވެ.

މިއަދު ހަވީރު މާޒިޔާއާއި އިންޑިޔާގެ މޯހަން ބަގާން ބައްދަލުކުރި މެޗް 1-0 ން މާޒިޔާ މޮޅުވާން ދަނިކޮށް މެޗްގެ އެންމެ ފަހު ވަގުތު މޯހަން ބަގާންއަށް ޕޮއިންޓެއް ހޯދައިދިނީ އިންޑިޔާ ޤައުމީ ޓީމުގެ ފޯވާރޑް ޖޭޖޭއެވެ. އޭގެ ކުރިން މާޒިޔާގެ ލަނޑު ކާމިޔާބުކޮށްދިނީ އަސަދުﷲ އަބުދުﷲއެވެ. 

މި މެޗުން ލިބުނު ޕޮއިންޓާއެކު މާޒިޔާ އޮތީ 5 ޕޮއިންޓާއެކު ގްރޫޕް ޖީގެ އެންމެ ފުލުގައެވެ. ތިންވަނާގައި އޮތް ޔަންގޮންގ ޔުނައިޓެޑަށްވެސް ލިބިފައިވަނީ 5 ޕޮއިންޓްއެވެ. އެ ޓީމަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ދެވަނާގައި އޮތީ މިއަދު ޔަންގޮންގ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދި ސައުތް ޗައިނާއެވެ. އެ ޓީމު ދެވަނާގައި އޮތީ 6 ޕޮއިންޓާއެކުއެވެ. ގްރޫޕްގެ އެންމެ ކުރީގައި އެގާރަ ޕޮއިންޓާއެކު އޮތް މޯހަން ބަގާންއަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައިވާއިރު ދެވަނަ ބުރަށްދާނެ ދެވަނަ ޓީމެއް އެނގޭނީ މި ގްރޫޕްގެ ފަހު މެޗްތަކަށްފަހުއެވެ. ގްރޫޕްގެ ފަހު މެޗްގައި މާޒިޔާ މިޔަންމާގައި ނުކުންނަން ޖެހޭނީ ޔަންގޮންގ ޔުނައިޓެޑާ ދެކޮޅަށެވެ. މޯހަން ބަގާން އަމިއްލަ ދަނޑުގައި ނުކުންނަން ޖެހޭނި ސައުތް ޗައިނާއާ ދެކޮޅަށެވެ.