ދުނިޔެ

ބްރެޒިލްގެ ރައީސްގެ އިތުބާރުނެތް މައްސަލަ ބަލަނީ


ބްރެޒިލްގެ ރައީސާ ދިލްމާ ރޫސެފް މަޤާމުން ވަކިކުރުމަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލަ ބަލާ ދިރާސާ ކުރުމަށް ބްރެޒިލްގެ ޤާނޫނު ހަދާ މަޖިލީހުން ޚާއްސަ ކޮމިޝަނެއް އުފައްދައިފިއެވެ.

ރޫސެފް މަޤާމުން ވަކިކުރުމާ ބެހޭގޮތުން ބްރެޒިލްގެ ޤާނޫނު ހަދާ މަޖިލީހަށް ހުށައަޅާފައިވާ މައްސަލައިގައި ދެން އަމަލުކުރާނެ ގޮތެއް ނިންމާނީ އެކާވީސް މެމްބަރުންގެ ކޮމިޓީއިންނެވެ. ރޫސެފްގެ މައްޗަށް ހުށައެޅިފައިވަނީ ދައުލަތުގެ ބަޖެޓު، ކަނޑައެޅިފައިވާ ޤަވާއިދުތަކާއި ޚިލާފަށް ބޭނުންކުރުމާއި ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ މުޢާމަލާތްތައް ނަހަމަގޮތުހައި ބޭނުންކުރުމުގެ ތުހުމަތުގައެވެ.

ބްރެޒިލްގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ވަނީ މިމައްސަލާގައި އިތުރަށް ތަޙްޤީގްކޮށް މައްސަލަ ބަލަން ޖެހޭކަމަށް ފާސް ކޮށްފައެވެ. އަދި މަތިގެއިން ދެން މިކަމަށް ގޮތެއް ނިންމާނީ އެކާވީސް މެމްބަރުންގެ ކޮމިޝަންގެ ނިންމުންތަކަށް ބެލުމަށްފަހުގައެވެ.