ވިޔަފާރި

މާޗު މަހުގެ އިންފްލޭޝަން ރޭޓް 0.53 އިންސައްތަ ދަށަށް ހިނގައްޖެ


މި އަހަރުގެ މާޗުމަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.53  އިންސައްތަ ދަށްވެފައިވާ ކަމަށް، ނޭޝަނަލްބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރައްވައިފިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހު އިންފްލޭޝަން ރޭޓް 0.22 އިންސައްތައިތުރުވެފައިވާއިރު، މާޗްމަހު އިންފްލޭޝަން ރޭޓް 0.53 އިންސައްތަ ދަށަށް ދިއައީކާނާގެ ގިނަ ބާވަތްތަކަކާއި ތެލުގެ އަގު ދަށްވުމުގެ ސަބަބުންކަމަށް ނޭޝަނަލްބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޢާންމުކުރައްވާފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.އެގޮތުން، މަހުގެ ބާވަތްތަކުގެ އަގު 4.98 އިންސައްތަ ހެޔޮވެ، ތަރުކާރީގެބާވަތްތަކުން 5.30 އިންސައްތަ ހެޔޮވެފައިވާއިރު، ބިހާއި ކިރު އަދި ޗީޒް ފަދަޕްރޮޑަކްޓްތަކުގެ އަގު 0.61 އިންސައްތައަށް ދަށްވެފައިވެއެވެ. އަދި ކާނާގެއެހެނިހެން ބާވަތްތަކުގެ އަގު 1.85 އިންސައްތަ ވަނީ ދަށްވެފައެވެ.

މީގެ އިތުރުން، ކައްކާ ގޭހުގެ އަގު 2.99 އިންސައްތަ ދަށްވެފައިވާއިރުޕެޓްރޯލާއި ޑީސެލްގެ އަގުވެސް ވަނީ 2.20 އިންސައްތަ ދަށްވެފައެވެ.

މިދިޔަމަހު އަގު ބޮޑުވެފައިވާ ބާވަތްތަކުގެ ތެރޭގައި ކުޅިވަރުގެ ސާމާނާއި،ގެދޮރު ޢިމާރާތްކުރުމުގެ ސާމާނާއި ކުއްޔާއި، ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނުގެއިތުރުން ޞިއްޙަތާއި ތަޢުލީމީ ދާއިރާގެ ޚިދުމަތްތަކާއި މުދާ ހިމެނެއެވެ. އެގޮތުން،އިމާރާތް ކުރުމުގެ ތަކެތީގެ އަގު 1.38 އިންސައްތަ މަތިވެފައިވާއިރު ގޭތެރޭގައިގެންގުޅޭ ސާމާނުން 0.76 އިންސައްތަ ވަނީ މަތިވެފައެވެ. އަދި ގޭގެ ކުލީގެ އަގު 0.38އިންސައްތަ މަތިވެފައިވެއެވެ.