ދުނިޔެ

އޮބާމާ މެދުއިރުމައްޗަށާއި ވިލާތަށް ކުރެއްވި ދަތުރު ނިންމާލައިފި


އެމެރިކާގެ ރައީސް ބަރަކް އޮބާމާ މެދުއިރުމައްޗަށާއި ވިލާތަށް ކުރެއްވިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ގައުމަށް އެނބުރި ވަޑައިގަތުމަށްޓަކައި ޖަރުމަނުވިލާތުން ފުރާވަޑައިގެންފިއެވެ.

ޖަރުމަނުވިލާތަކީ އޮބާމާގެ ހަތްދުވަހުގެމިދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލެވެ. ޖަރުމަނުވިލާތަށް ވަޑައިގަތުމުގެ ކުރިންސައޫދީ އަރަބިޔާއަށާއި އިނގިރޭސިވިލާތަށް އޮބާމާ ޒިޔާރަތް ކުރައްވާފައިވެއެވެ. އޮބާމާޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ސިޓީއެއްކަމަށްވާ ހަނޯވަރގައި ވަނީ ވިލާތުގެ ބޮޑެތި ޤައުމުތަކުގެ އިސްވެރިންނާއެކު ސަމިޓް ބައްދަލުވުމެގައި ބައިވެރިވެވަޑައިގެންފައެވެ.

ހަނޯވަރގައި ބޭއްވި އެމެރިކާއާއި ވިލާތުގެ ސަމިޓްގައި އޮބާމާއާއި ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މާކަލްގެ އިތުރުން ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް އާއި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންއާއި އިޓަލީގެ ބޮޑުވަޒީރު މަތެއޯ ރެންޒީ ބައިވެރިވެރިވެ ވަޑައިގެންފައިވެއެވެ. މިސަމިޓްގައި އޮބާމާއާއި ވިލާތުގެ ލީޑަރުންވަނީ އެމެރިކާއާއި ވިލާތުގެ އިއްތިޙާދާދެމެދު ކުރެވޭ ވިޔަފާރި މުޢާމަލާތްތައް މިހާރަށްވުރެ ފުޅާކޮށް އެޓްލާންޓިކް ކަނޑު ހުރަސްކޮށް ދެފަރާތުގެ ދެމެދުގައި ކުރާ އިންވެސްޓްމަންޓްތައްވެސް އިތުރުކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.