ޚަބަރު

ދީނީ އެއްބައިވަންތަކަމާބެހޭ ޤާނޫނުގެ އިސްލާހު ތަސްދީގު ކުރެއްވުން


ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދީނީ އެއްބައިވަންތަކަން ދިވެހިންގެ މެދުގައި ޤާއިމްކުރުމުގެ ގޮތުން، ދީނީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް، ޤައުމީފެންވަރުގައި ޙައްލުކުރުމަށާއި އަދި އިސްލާމީ ފިޤުހީ އާ މައްސަލަތައް ދިރާސާކޮށް އެކަންކަމާގުޅޭ ދީނީ ލަފާ އެކަށީގެންވާ ހަލުވިކަމާއި ހަރުދަނާކަމާއެކު ފޯރުކޮށްދިނުމަށްޓަކައި "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް"ގެ ނަމުގައި މަޖިލީހެއް އުފައްދައި، އެ މަޖިލީހުގެ ޤާނޫނީ ދައުރު ބަޔާންކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.