ތަޢުލީމު

އޯލެވެލް ނިންމާ ދަރިވަރުންގެ މަޢުލޫމާތު އެއްކުރަނީ


އެއްވެސް ކުއްޖަކުބާކީނުކުރައްވައި، ޢުމުރުން 18 އަހަރުވަންދެން ނުވަތަ އެކުއްޖަކަށް ވަޒީފާގެބާޒާރަށް ނުކުމެ، ވަޒީފާ އަދާކުރެވޭނޭ ފަދަ ޤާބިލުކަމެއް ލިބެންދެން، ތަޢުލީމުގެކޮންމެވެސް ހަރުފަތެއްގައި ނުވަތަ ގިންތިއެއްގައި ގެންގުޅުއްވުމުގެ އަމާޒުގެދަށުން އެޑިޔުކޭޝަން މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއްކުރައްވަމުންނެވެ.

އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން އޭލެވެލްއަށްކިޔަވަން ފަށަނީ 40 އިންސައްތަ ކުދިންނެވެ. އޭލެވެލްއަށް ކިޔަވަން ފަށާ ދަރިވަރުންފިޔަވައި، ދެން ތިބޭ ކުދިންނާބެހޭ އެއްވެސް މަޢުލޫމާތެއް އެޑިޔުކޭޝަންމިނިސްޓްރީގެ ފަރާތުން ބެލެހެއްޓެވޭނެ އުޞޫލެއް ހަމަޖެހިފައެއް ނުވެއެވެ. އޯލެވެލްނިންމާ ކުދިންނަކީ ޢުމުރުން 18 އަހަރުވަންދެން ތަޢުލީމީ ކޮންމެވެސްޕްރޮގްރާމެއްގައި ޝާމިލްވާ ކުދިބަޔަކަށް ހެއްދެވުމުގެ ގޮތުން އެޑިއުކޭޝަންމިނިސްޓްރީން ވަނީ ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސަވާފައެވެ. އެގޮތުން ގްރޭޑްދިހައެއް ނިންމެވުމަށްފަހު 18 އަހަރުވަންދެން ތަޢުލީމާ ގުޅޭ ކަމެއްގައިމަސްއޫލުކުރުމުގެ ގޮތުން އޭލެވެލްގައިވެސް މިހާރު ވަނީ މަސައްކަތްތެރިކަމާބެހޭބައިތައް ހިމަނުއްވާފައެވެ. މީގެތެރޭގައި ބީޓެކް ޕްރޮގްރާމާއި ޓިވެޓް އޮތޯރިޓީންކުރިއަށް ގެންދަވާ ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވީ،ދަރިވަރުންނަށް 18 އަހަރުވަންދެން ތަޢުލީމީ ދާއިރާގެ ބެލެހެއްޓެވުމުގެ ދަށުގައިބައިތިއްބެވުމުގެ ގޮތުން ގްރޭޑް ދިހައެއް ނިންމާ ހިސާބުން މަޢުލޫމާތުބެލެހެއްޓެވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. އެގޮތުން މާލޭގެސްކޫލްތަކުގެ އޯލެވެލް ނިންމި ހުރިހާ ކުދިންގެ މަޢުލޫމާތު ބަލަހައްޓަވާ، 96އިންސައްތަ ކުދިންނާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިނިސްޓަރވިދާޅުވީ މީގެތެރެއިން 80 އިންސައްތައަށްވުރެން ގިނަ ކުދިން އޭލެވެލް އަދިރާއްޖެއިން ލިބެން ހުރި މަތީ ތަޢުލީމުގެ ފުރުޞަތުތައް ބޭނުންކުރަމުންދާކަމަށެވެ.އަދި ބާކީ ތިބި ކުދިން އެމިނިސްޓްރީއާއެކު ކުރިއަށް ގެންދަވާ ދާއިރާއަކާގުޅޭގޮތުން މަޝްވަރާކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާގައި 18 އަހަރުވަންދެން ބެލެހެއްޓުމުންމިދަރިވަރުންނަކީ ޤައުމަށް ފައިދާ ހުރި އިޤްތިޞާދީ ހުނަރުތަކެއް އަށަގެންފައިވާކުދިބަޔަކަށްވެ، ޤައުމުގެ އިޤްތިޞާދީ ދުވެލި މިހާރަށްވުރެ ބާރުކުރެއްވުމަށްއެހީތެރިވެދޭ ބަޔަކަށް ވެގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރީންސިފަކުރައްވައެވެ.

މިއަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައިވަނީ، ޢުމުރުން 18 އަހަރު ވަންދެން ނުވަތަ ގްރޭޑް 10 ގެ ތަޢުލީމަށްފަހު، އިތުރު 2އަހަރުގެ ސްކޫލް ތަޢުލީމު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހިލޭ ފޯރުކޮށްދިނުމުގެމަސައްކަތް ސަރުކާރުން ފަށްޓަވާފައިވާކަން ވަނީ އިޢުލާންކުރައްވާފައެވެ.މިބަދަލާއެކު ރާއްޖެ ހިމެނިފައިވަނީ، ކޮންމެ ކުއްޖަކު ސްކޫލް ތަޢުލީމްގެ ތެރޭގައިޢުމުރުގެ 14 އަހަރު ހޭދަކުރާ މި ސަރަޙައްދުގެ ފުރަތަމަ ޤައުމުގެ ގޮތުގައި ރާއްޖެހިމެނިފައިވާކަން އިޢުލާންކުރައްވާފައެވެ.