ކުޅިވަރު

މަނާ ބޭހަކަށް ލިވަޕޫލްގެ ޑިފެންޑަރ ސަޚޯ ޕޮޒިޓިވްވެއްޖެ


ލިވަޕޫލްގެ ޑިފެންޑަރ މަމަދޫ ސަޚޯ ކުޅިވަރުގައި ބޭނުންކުރުން މަނާ ބޭހަކަށް ޕޮޒިޓިވް ވެއްޖެއެވެ. 

2013ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީން ލިވަޕޫލްއާއި ގުޅުނު ސަޚޯ މަނާ ބޭހަކަށް ޕޮޒިޓިވްވިކަން ލިވަޕޫލުންވެސްވަނީ ޔަގީންކޮށްދީފައިއެވެ. ސަޚޯ ޕޮޒިޓިވްވެފައިވަނީ ފެޓް އެންދުމަށްޓަކައި އޭނާ ބޭނުންކުރަމުންދާ ބޭހަކަށެވެ. 

ސަޚޯ މަނާ ބޭހަކަށް ޕޮޒިޓިވްވެފައި މިވަނީ ޔޫރޮޕާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. 

ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔޫއެފާއިންވެސް އަދި ސަޚޯއާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ސަޚޯގެ ޓެސްޓްގެ ނަތީޖާތައް އެނަލައިޒްކޮށް ނިމެންދެން، މިހަފްތާގެ ނިޔަލަށް އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ސަޚޯއަށް ލިބިގެންދާނެއެވެ. 

މިކަމުގެ ސަބަބުން ސަޚޯއަށް ސަސްޕެންޝަނެއް އައިސްފިކަމުގައިވާނަމަ ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސަޚޯއަށް ނުކުޅެވޭނެއެވެ. 

ލިވަޕޫލްގެ ޑިފެންޑަރ ކޯލޯ ޓޫރޭވެސްވަނީ 2011ވަނަ އަހަރު މަނާ ބޭހަކަށް ޕޮޒިޓިވްވެ ހަ މަސް ދުވަހަށް ކުޅުމާއި ދުރުގައި ހުންނަންޖެހިފައެވެ. އެ ފަހަރު ޓޫރޭ ޕޮޒިޓިވްވެފައިވަނީ އޭނާ ބަރުދަން ލުއިކުރުމަށް ކަމުންދިޔަ ބޭހެއްގެ ސަބަބުންނެވެ.