ޚަބަރު

ރަމަޟާންމަހުގެ ފަހު 10ގައި އައިޑީކާޑު ދޫކުރާނީ ތިން ދުވަހު


  • ހެނދުނު 9:15 އިން 11:30 އަށް އައިޑީ ކާޑު ދޫކުރާނެ

  • ކިއުބީން 150 ނަންބަރު ދޫކުރާނެ

  • ފަހު 10 ގައި ކާޑު ދޫކުރާނީ އޭޕްރީލް 1،3،8 ގައި

ރޯދަ މަހުގެ ފަހު 10 ގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރާނީ 3 ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހާމަކުރައްވައިފިއެވެ.

ޑީއެންއާރުން ވަނީ މި އަހަރުގެ ރޯދަ މަހު އެ ޑިޕާޓްމަންޓުން ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކުރައްވާފައެވެ. އެގޮތުން ރަމަޟާން މަހުގެ ދުވަސްތަކުގައި ކިއުބީން ނަމްބަރު ނަގައިގެން ކާޑު ދޫކުރުން ކުރިއަށް ގެންދަން ނިންމަވާފައި ވަނީ ހެނދުނު 9:15 އިން 11:30 އަށެވެ. އަދި ކިއުބީން ދޫކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކަށް 150 ނަންބަރުކަމަށް ޑިއެންއާރުން ހާމަކުރައްވައެވެ.

ސަރުކާރުންވަނީ ރަމަޟާންމަހުގެ ފަހު 10 އެއް ބަންދުކުރަން ނިންމާވަފައެވެ. އެހެންކަމުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި އައިޑީކާޑު ދޫކުރުމަށް ނިންމަވާފައިވަނީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހާއި ތިންވަނަ ދުވަހާއި އަށް ވަނަ ދުވަހު އެކަނިކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި އެ ދުވަސްތަކުގައިވެސް ނަންބަރު ދޫކުރާނީ ކިއުބީން ދުވާލަކު 150 ނަންބަރެވެ. އަދި އިމަރޖެންސީ ހާލަތްތަކުގައި 7280368 އަށް ގުޅުމުން ޚިދުމަތް ލިބޭނެ ކަމަށްވެސް ޑީއެންއާރުން ވިދާޅުވެއެވެ.

ޑީއެންއާރުންވަނީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކޮށް ކާޑު ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކާޑު ހައްދާ ފަރާތުން ބަދަލުގައި ސިޓީއެއް ހުށަހެޅުމުން އައިޑީކާޑް ދޫކުރުމުގެ އިންތިޒާމްވެސް ހަމަޖައްސަވާފައެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަރޗް މަހުގެ 11 ވަނަ ދުވަހެވެ. ރަމަޟާންމަހު ސަރުކާރުގެ އިދާރާތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ.