ވިޔަފާރި

މަލާފަތުގެ ނަމުގައި ނެރޭ ކައްކާފޮތުގެ ދެވަނަ ބައި ނެރެފި


މިފްކޯއިން މަލާފަތުގެ ނަމުގައި ނެރޭ ކައްކާފޮތުގެ ދެވެނަބައި އިފްތިތާޙުކޮށްފިއެވެ. 

މިފްކޯ މަސްފިހާރައިގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ ދައުލަތުގެ ގިނަ މަޤާމްތަކެއް ފުރުއްވާފައިވާ އަނީސާ އަޙުމަދުއެވެ. މަލާފަތް ފޮތް ސީރީޒަށް ރެސިޕީ ލިޔެދީފައި ވަނީ މަޝްހޫރު ކެއްކުންތެރިޔާ އާމިނަތު ނާޒްލީ އިބްރާހީމްއެވެ. 

ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ނާޒްލީ ވިދާޅުވީ ފޮތް ވިއްކައިގެން ލިބޭ ފައިސާ އޭނާ ހަދިޔާކުރާނީ ތެލެސީމިޔާ ސެންޓަރަށް ކަމަށެވެ. އަދި "މަލާފަތް 2" ގައި ސިއްހަތަށް ފައިދާހުރި ގިނަ ކެއްކުންތައް ހިމަނަން އިސްކަންދީފައި ވާނެކަމަށް ނާޒްލީ ވިދާޅުވިއެވެ. 

އެގޮތުން ހަކުރުބަލީގެ މީހުންނަށް ހާއްސަ 40 ރެސިޕީ މި ފޮތުގައި ހިމަނާފައި ވާނެކަމަށް ނާޒްލީ ވިދާޅުވިއެވެ. މި ފޮތް އަދި ލިބެން ހުރީ މިފްކޯ މަސްފިހާރައިންނެވެ.