ތަޢުލީމު

މޯލްޑިވްސް އިންޓަރނޭޝަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ


މޯލްޑިވްސް އިންޓަރނޭޝަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ ފަށައިފިއެވެ. 

އިއްޔެ ހަވީރު ދަރުބާރުގޭގައި ފެށި މި އެކްސްޕޯ 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ. މޯލްޑިވްސް އިންޓަރނޭޝަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯރ 2016ގައި ފަންސާސް ހަ ފަރާތަކުން ބައިވެރިވެފައިވެއެވެ. ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގައި މި އެކްސްޕޯރ ހުޅުއްވައިދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް އެޑިއުކޭޝަން އަޒްލީން އަހުމަދާއި ޑެޕިއުޓީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް ނާއިފް ޝައުކަތުއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއަރގައި ރާއްޖޭ ސްރީލަންކާ އިންޑިޔާގެ އިތުރުން މެލޭޝިއާއިން ބައިވެރިވެފައިވެއެވެ. 

އަސަރީ ސާރވިސް އާއި ލަންކާގެ ލެކްސް ގުޅިގެން ކުރިއަށްގެންދާ މި ފެއަރ ހުޅުވާފައި ހުންނާނީ ހަވީރު ތިނަކުން ރޭގަނޑު ދިހައަކަށެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަކުގެ މަޢުލޫމާތާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޓްތަކާއި، ކޮލެޖްތަކުގެ އިތުރުން ޔުނިވާރސިޓީތަކުން މިފަހަރުގެ އެކްސްޕޯގައި ބައިވެރިވެފައިވެއެވެ.

އަސަރީ ސާރވިސްގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު މުއީނާ ވިދާޅުވީ، ދަރިވަރުންނާއި ވަޒީފާގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ޕާސަނަލް ޑިވަޕޮލްމަންޓް ވޯކްޝޮޕެއް މި އެކްސްޕޯގައި ކުރިއަށް ގެންދާނެކަމަށެވެ. މީގެ އިތުރުން މިފެއަރ އަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ މެދުގައި ނެގޭ ލަކީޑްރޯއިން ހޮވޭ ތިންފަރާތަކަށް ހާއްސަ އިނާމްތަކެއް ހުށަހަޅާފައިވާކަމަށް މިފެއަރ އިންތިޒާމް ކުރި ފަރާތްކަމުގައިވާ އަސަރީ ސާރވިސް ބުނެއެވެ.