ރާއްޖޭގެ ދެކުނުގެ 4 އަތޮޅައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ.
ރާއްޖޭގެ ދެކުނުގެ 4 އަތޮޅައް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގއ.އާއި ގދ. އަތޮޅުގެ ރަށްތަކަށެވެ. \
މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް އެމަނިކުފާނު ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.
ދަތުރުފުޅުގައި ރައީސް ވަނީ ރަށްރަށުގެ ކައުންސިލްއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އަދި ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އަދި ރަށްތަކަށް މުހިންމު މަޝްރޫޢުތައް އެމަނިކުފާނު އިޢުލާން ކުރައްވާފައިވެއެވެ. އަދި ވަޑައިނުގަންނަވާ ރައްތަކުގެ ތެރެއިން ބައެއް ރަށްރަށުގެ ކައުންސިލްތަކާއެކުވެސް، އެމަނިކުފާނި ވަޑައިގެން ރަށްރަށުގައި ބައްދަލުކުރެއްވިއެވެ.
މި ދަތުރުފުޅުގައި ޢުމްރާނީ ތަރައްޤީގެ މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެތެރޭގައި އައްޑޫ ސިޓީ ހިތަދޫ-ހުޅުމީދޫ ބްރިޖްގެ ސަރވޭގެ މަސައްކަތް މިސްރުގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓްގެ ސަރވޭ ނިންމާ، 4 އަހަރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމަށްކަމަށް ވިދާޅުވިއެވެ. އަދި މީގެއިތުރުން ގދ.ތިނަދުއާއި ގއ.ވިލިނގިލީގައި އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރަން ވަނީ ހަވާލުކޮށްފައެވެ. ތިނަދޫ އެއްރޕޯޓްގެ މަސައްކަތް ހަވާލުކުރީ ތައިލެންޑް ކުންފުންޏަކާއެވެ. މި އެއަރޕޯޓްގައި އަޅަނީ ރާއްޖޭގެ ފުރަތަމަ އޯވަރ ވޯޓަރ ޓަރމިނަލްއެކެވެ.
ވިލިނގިލި އެއަރޕޯޓް ތަރައްޤީކުރަން ހަވާލުކުރީ ބެލްޖިއަމްގެ ކުންފުންޏަކާއެވެ. މިއީ 500-700 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްކަމަށް ސަރުކާރުން ހާމަކުރެއެވެ. އެއަރޕޯޓް ޕްރޮޖެކްޓްތައް ހިންގަނީ އިންޓަރގްރޭޓެޑް ޓުއަރިޒަމް ޕްރޮޖެކްޓްތައް ހިމެނޭގޮތަށެވެ.