 
										
			ޤައުމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ޚާއްޞަ އެސެމްބްލީއެއް މިއަދު ބާއްވަވައިފިއެވެ. 
 
މި އެސެމްބަލީ ބޭއްވެވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީހުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް ބޮރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބުރައީސް މުޙައްމަދު އަސްލަމްއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަށް އޮތް ފަރުވާއަކީ ދައުލަތުގެ މުއައްސަސާތަކުން ދެފުށްފެންނަ ގޮތަށް ހާމަކަމާއެކު މަސައްކަތް ކުރެއްވުންކަމަށެވެ. 
 
ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤްކޮށް އަދަބުދިނުމުގެ އިތުރުން ކޮރަޕްޝަން މުޖުތަމަޢުން ނައްތާލެއްވުމަށް އޭސީސީން ފަށްޓަވައިފައިވާ ބިތުފަންގި ޑްރާމާ ސީރީޒްއާއި، ނޭޝަނަލް އިންޓަރގްރިޓީ ޕްލޭންގެ މަސައްކަތް އަސްލަމް ފާހަގަކުރެއްވިއެވެ. ކޮރަޕްޝަނަކީ އިޖްތިމާޢީ ބޮޑު ބަލިމަޑުކަމެއްގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
 
މި އެސެމްބަލީގައި ވަނީ ދުވަހުގެ ޚާއްޞަ ކޭކެއްވެސް ފަޅާފައެވެ.