ޚަބަރު

ސައިކަލެއް ބަހެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!


  • ސައިކަލް ދުއްވަން އިން މީހާއަށް ދަނީ ހޮސްޕިޓްލްގަ ފަރުވާ ދެމުން

  • ސައިކަލާއި ބަހުގެ އިތުރުން ކާރައް ވަނީ އެކިވަރުގެ ގެއްލުން ވެފަ

  • ސައިކަލް ދުއްވި މީހާގެ އަތުގައި ލައިސެންސް އެއް ނެތް

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޮޑުތަކުރުފާން މަގުން ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ސްޓެލްކޯ ކައިރީގައި އޮތް އެމްޓީސީސީ ބަހެއްގައި ޖެހިގެންކަމަށެވެ. މިރޭ 8:00 ހާއިރު ހިނގި މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާތަކެއް ލިބުމާއި ގުޅިގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ތަހުގީގުކުރަމުންދާކަމަށެވެ.