ކުޅިވަރު

ބާސާ އަދި އެތްލެޓިކޯއަށް ރިއާލް ޕްރެޝަރ ބޮޑުކޮށްފި


ތިނެއް ސުމަކުން ވިޔަރެއަލް ބަލިކޮށް، ސްޕެނިޝް ލަލީގާރޭހުގައި ރިއަލްމެޑުން ކުރީގައޮތް ދެޓީމަށް ޕްރެޝަރ ބޮޑުކޮށްފިއެވެ. 

ޕޮއިންޓެއްފަހަތުގައި އޮތް ރިއަލްމެޑްރިޑަށް ރޭގެ މެޗުގައި ލަނޑުތައްޖަހައިދިނީ ކަރިމް ބެންޒެމާ، ލޫކަސް ވަސްކޭޒް އަދި ލޫކާ މޮޑްރިޗެވެ. 

މެޗުންމޮޅުވިނަމަވެސް ރިއަލްގެ ކޯޗު ޒިދާނަށް އޮތް ނުތަނަވަސްކަމަކީ މެޗުގެ ފަހުކޮޅުރޮނަލްޑޯއަށް އަނިޔާވެގެން ބާލަން ޖެހުމެވެ. މެޗަށްފަހު ރިއާލް މެޑްރިޑްގެ ކޯޗް ޒައިނެއްދީންޒިދާން ބުނީ ރޮނާލްޑޯއަށް ލިބުނު އަނިޔާއަކީ އެހާ ބޮޑު އަނިޔާއެއް ކަމަށްނުބެލެވޭކަމަށާއި، ޔަގީން ކަމާއިއެކު އެއްޗެއް ބުނަން އިންގޭނީ ސްކޭންތަކަށްފަހުކަމަށެވެ. 

ލީގުގައި މީގެ ކުރިން ކުޅުނު މެޗުތަކުގައި ރޮނާލްޑޯއަށް ރެސްޓްނުދެވުމުން އެކަމާއި ޒިދާންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޒިދާންބުނީ ފަސޭހަމެޗުތަކުގައި ރޮނާލްޑޯ ބަދަލްކުރެވުނުނަމަ އޭނާއަށް އަނިޔާވުމުގެ ފުރުސަތުކުޑަވީސްކަމަށާއި، ކުރިއަށް އޮތީ ލީގްގައި އެންމެ މުހިންމު ތިން މެޗްކަމަށެވެ. އަދި އެމެޗުތަކަށް ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ފިޓްކޮށްތިބުން މުހިންމުކަމަށް އޭނާބުންޏެވެ. 

"މިހާރު އަހަރެން ހިތަށް އަރާ ރޮނާލްޑޯއަށްކުރީ މެޗުތަކުގައި ރެސްޓް ދެވުނުނަމައޭ، އަނިޔާގެ ބޮޑު މިނާއި ކުޑަމިން އިނގޭނީ ސްކޭންތަކަށްފަހު" ޒިދާން ބުންޏެވެ.

ރޮނާލްޑޯގެ އަނިޔާއަށްފަހު ޒިދާންއަށް ލިބިގެންދާނެ ހިތްހަމަ ޖެހުމަކީއަނިޔާއަށްފަހު ގެރެތް ބޭލްއަށް މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވުމެވެ. ރިއާލް މެޑްރިޑްއޮތީ 78 ޕޮއިންޓާއެކު ބާސާއާއި އެތްލެޓިކޯމެޑްރިޑްގެ ފަހަތުގައެވެ.