ޚަބަރު

ވިލާތުގެ ޤައުމުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަނީ


ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުގައި ސަލާމަތީ ފިޔަވަޅުތައް މިހާރަށްވުރެ ވަރުގަދަކުރުމަށް ޔޫރަޕިޔަން ކޮމިޝަނުން ގޮވާލައިފިއެވެ.

ޔޫރަޕިޔަން ކޮމިޝަންގެ ވެރިޔާގެ ނައިބު ފްރާންސް ޓިމަރމަންސް ވިދާޅުވީ ވިލާތުގެ ހުރިހާ ޤައުމުތަކެއް ގުޅިގެން މެނުވީ އެ ޤައުމުތަކަށް ސަލާމަތީ ގެރެންޓީ ނުހޯދޭނެކަމަށާ ޕެރިހާއި ބްރަސަލްސްއަށް ދިންފަދަ ޓެރަރިސްޓް ޙަމަލާތަކެއް ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެކަމުގެ ބިރު ވިލާތުގެ ހުރިހާ ޤައުމުތަކަކަށްވެސް އަދިވެސް އެބައޮތްކަމަށެވެ.

ވިލާތުގެ އިއްތިޙާދުގައި 28 ޤައުމު ހިމެނޭއިރު މި ހުރިހާ ޤައުމުތަކެއްގެ ޖާސޫސީ އިދާރާތަކާއި ސަލާމަތީ ބާރުތައް ވިލަރެސްކޮށްގެން ޓެރަރިސްޓް ހަމަލާތަކުން ސަލާމަތްވުމަށް މަސައްކަތް ކުރަންޖެހޭކަމަށް ޔޫރަޕިޔަން ކޮމިޝަންގެ ވެރިޔާގެ ނައިބު ވިދާޅުވިއެވެ.