ކުޅިވަރު

ދިވެހި ފެތުންތެރިންނަށް އިތުރު ދެ ރިކޯޑެއް


ގަތަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ދިވެހި ފެތުންތެރިން އިތުރު ދެ ރިކޯޑެއް ހަދައިފިއެވެ.

އެގޮތުން ދިވެހި ފެތުންތެރިންގެ ޓީމުން ވަނީ ލޯންްކޯސް ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ގައުމީ ރިކޯޑު އައުކޮށްފިއެވެ. މި ރިކޯޑު ދިވެހި ފެތުންތެރިން އައުކޮށްފައިވަނީ ހަތަރު މިނެޓު 4.41 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު އައުކުރި ޓީމުގައި ހިމެނެނީ މުބާލް ޢައްޒާމް އިބްރާޙީމާއި، އައިޝަތު ޢުލްޔާ ޝާއިޤާއި، ހަމްނާ އަޙްމަދު އަދި މުޙައްމަދު ރިހާން ޝިހާމެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު މީގެ ކުރިން އައުކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވި 22 ވަނަ ކޮމަންވެލްތު ގޭމްސްގަައި ހަތަރު މިނެޓު 14.91 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އެ ފަހަރު ރިކޯޑު ހެދ ޓީމުގައި ހިމެނުނީ މުބާލާއި، ހަމްނާގެ އިތުރުން އައިޝަތު ސައުސަން އަދި މުޙައްމަދު އާން ޙުސައިނެވެ.

މީގެ އިތުރުން ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ޢުލްޔާ ވަނީ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އައުކޮށްފިއެވެ. މި ރިކޯޑު ޢުލްޔާ އައުކޮށްފައިވަނީ 29.47 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އައުކޮށްފައިވަނީ 2007 ވަނަ އަހަރު ބޭއްވި ފުރަތަމަ ސައުތު އޭޝިއާ ސްވިމިން އެންޑް ވޯޓަރ ޕޯލޯ ޗެމްޕިއަންޝިޕްސްގައި އާމިނަތު ރޫޔާ ޙުސައިނެވެ. ރޫޔާގެ ޓައިމިންއަކީ 29.62 ސިކުންތެވެ.

މި އާއކު މި ފަހަރުގެ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ދިވެހި ފެތުންތެރިން މިހާތަނަށް ވަނީ ގައުމީ ހަތް ރިކޯޑެއް އައުކޮށްފައެވެ.