ޓުއަރިޒަމް

ޓްރެވަލް އެވޯޑް ބާއްވާ ތާރީޚު އަންނަ މަހު ޢިއުލާން ކުރަނީ


މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑް މިއަހަރު ބާއްވާނެ ތާރީޚު ޢިއުލާންކޮށް، ނޮމިނޭޝަން ނަން ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެތެރޭގައި ހުޅުވާލާނެ ކަމަށް މަޓާޓޯއިން ބުނެފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް، މަޓާޓޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް ހުރި ހަފްތާތަކުގެ ތެރޭގައި މިއަހަރުގެ އެވޯޑް ސްޕޮންސަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތު ހުޅުވާލާނެ ކަމަށެވެ. މިއަހަރުގެ އެވޯޑް ނައިޓް އިންތިޒާމްކޮށް އެވޯޑް ނައިޓް ހޯސްޓުކުރުން، ތިންކް އެޑްވަޓައިޒިން އާއި މަޓާޓޯއިން ވަނީ ހަވާލުކޮށްފައެވެ.

މަޓާޓޯގެ ފަރާތުން މޯލްޑިވްސް ޓްރެވަލް އެވޯޑު ހޯސްޓުކުރުމުގެ ހުއްދަ ތިންކް އެޑްވަޓައިޒިން އާއި ހަވާލުކުރީ މިދިޔަ ހޯމަދުވަހުއެވެ. މިދިޔަ އަހަރުގެ ޓްރެވަލް އެވޯޑްގެ އެއްބައި ދުބާއިގައި ބޭއްވި ނަމަވެސް މިއަހަރު އެވޯޑު ބޭއްވުމަށް އަދި ހަމަޖައްސާފައި ވަނީ ރާއްޖޭގައި ކަމަށް މަޓާޓޯއިން މަޢުލޫމާތުދެއެވެ. 

މިއީ މަޓާޓޯ ޓްރެވަލް އެވޯޑް ބާއްވާ ފަސްވަނަ އަހަރެވެ.