ޚަބަރު

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 10 މީހުން ހައްޔަރުކޮށްފި


  • ހަމަނުޖެހުން ހިނގާފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ކުޅުނު މެޗެއްގައި

  • ބަޔަކު ދަނޑަށް އަރާ، ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ހަމަލާދީފައި

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 10 މީހަކު ހައްޔަރުކޮށްފިއެވެ.

މި ހަމަނުޖެހުންތައް ހިނގާފައިވަނީ އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިމަހުގެ 7 ވަަނަ ދުވަހު ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކުޑަ ހެންވޭރު ބައްދަލުކުރި މެޗުގައިއެވެ.

ފުލުހުން ވިދާޅުވީ އެ ދުވަހުގެ މެޗު ހިނގަމުންދަނިކޮށް ބަޔަކު މީހުން ދަނޑު މައްޗަށް އަރާ، ވިކްޓަރީގެ ކުޅުންތެރިންނާއި އޮފިޝަލުންނާމެދު ހަމަނުޖެހުން ހިންގާފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން 10 މީހަކު ހައްޔަރުކޮށް، މައްސަލަ ތަހުޤީގުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.