ޚަބަރު

އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


  • ފުރުސަތު ހުޅުވާލާފައިވަނީ 20 ފެބްރުއަރީގެ 14:00ގެ ނިޔަލަށް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ރައީސް ކަމުގެ މަޤާމުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2 މާރޗް 2024 ވާ ހޮނިހިރު ދުވަހުއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް އެންމެފަހުން އިންތިހާބުވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ 21 ޖޫން 2023 ގައެވެ. އެއަށްފަހު ވަގުތީގޮތުން ޕާޓީގެ ހިންގުމާއި މިއަދާއި ހަމައަށް ހަވާލުވެ ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

އެމްޑީޕީން ބުނީ ޕާޓީގެ ރައީސްކަމުގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީގެ މެމްބަރުންނަށް މިހާރު ހުޅުވާލާފައިވާކަމަށެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 13 ފެބްރުއަރީ 2024 އިން ފެށިގެން 20 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 14:00އާ ހަމައަށް ކަމަށް އެމްޑީޕީން ބުނެއެވެ.