ޚަބަރު

ކުރިޔަށް އޮތް 24ގަޑިއިރު ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ


ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެތީ މޫސުމާ ސާމަލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އެދިވަޑައިގެންފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރުއަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރައިން ލަފާކުރައްވައެވެ.

އެއިދާރާއިން ވިދާޅުވީ، އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ. އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ލަފާކުރައްވަފައެވެ.