ތަޢުލީމު

ފޮޓޯގްރާފަރުންނާއި ކޭޝިއަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުން


އެއްހާސް ފޮޓޯގުރާފަރުންނާއި އެއްހާސް ކޭޝިއަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ދަށުން މީހުން ތަމްރީނުކުރުމުގެ ފުރުޞަތު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުއްވާލައްވައިފިއެވެ.

މިޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދަވާ ސެޓްފިކެޓް ލެވެލް 4 ގެ ކޯހަކީ 1 މަސް ދުވަހުގެ ކޯހެކެވެ. އަދި ލެވެލް 3 ގެ ކޯހަކީ 6 މަސްދުވަހުގެ ކޯހެކެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއީ ސްޕޮންސަރކޮށްފައިވާ ކޯސްތަކަކަށްވާތީ ކޯހުގެ ފީ ދައްކަން ނުޖެހޭނެކަމަށެވެ. އަދި ފޮޓޯގްރަފީ ކޯހަށް ހޮވޭ ބައިވެރިންނަށް އަނބުރާ ފައިސާ ދައްކާގޮތަށް ކެމެރާއެއް ލިބޭގޮތަށް ހަމަޖެހިފައިވާ ކޯހެއް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް ޓިވެޓް އޮތޯރިޓީއަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުއްވާލައްވާފައެވެ. ޒުވާނުން ބާރުވެރިކުރުވާ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ދިވެހިންގެ ދައުރު ބޮޑުކުރައްވައި ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މި ޕްރޮގްރާމަކީ އަމިއްލަ ފުދުންތެރިކަން އިތުރުކުރަން ބޭނުންވާ ޒުވާނުންނަށް އެ ފުރުޞަތު ހޯއްދަވައިދެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ ޕްރޮގްރާމެކެވެ.