ޚަބަރު

ތ.ބުރުނީން ވެސް ރައީސަށް ހޫނު މަރުހަބާއެއް


  • މިއީ ތ.އަތޮޅުގެ 10 ރަށަކަށް ފައްޓަވާފައިވާ ދަތުރުފުޅެއް

  • ގިނަ އަދަދެއްގެ އާންމުން ވަނީ މަރުހަބާ ދެންނެވުމަށް ނިކުމެފައި

ތ.ބުރުނީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ތ.ބުރުންޏަށް ރައީސް ވަޑައިގެންނެވުމުން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ނިކުމެފައެވެ.

ރައީސްގެ މިދަތުރުފުޅަކީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތ.އަތޮޅުގެ 10 ރަށަކަށް ފައްޓަވާފައިވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމާއި، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އެމަނިކުފާނު ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

ރައީސްގެ މި ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިއްޔެވަނީ ތ.އަތޮޅުގެ 4 ރަށަކަށް ވަޑައިގަންނަވާފައެވެ. އެއީ ގުރައިދޫ، ދިޔަމިގިލި، މަޑިފުށި އަދި ވޭމަންޑޫއެވެ.