ސިޔާސީ

ކުރީގެ ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު މިއަދުން ފެށިގެން 30 ދުވަސް އިތުރުކޮށްދެއްވާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުން މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނުގެ ފަރާތްޕުޅުން ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް އެދި ޑޮކްޓަރުގެ ލިޔެކިއުންތައް ހުށަހަޅާފައިވާ ކަމަށެވެ. މީގެ ކުރިން މުއްދަތު އިތުރުކުރުމަށް ހުށަހެޅިނަމަވެސް މުއްދަތު އިތުރު ނުކުރެވުނީ އެކަމާއި ގުޅުންހުރި މުހިންމު ލިޔުންތައް ލިބިފައި ނުވާތީކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދިއުމުގެ ހުއްދަ ދެއްވާފައިވަނީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުއެވެ.