ޚަބަރު

ސައުދީ މެރިން އެގްޒެބިޝަންގައި ވަޒީރު ޝިޔާމް ބައިވެރިވެވަޑައިގެންފި


  • އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރުވަނީ ބައިވެރިވެވަޑައިގަންނަވާފައި

  • އެގްޒިބިޝަން ކުރިއަށްދަނީ މިމަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް ރިޔާޛުގައި

  • މިއީ ވިޔަފާރީގެ ގުޅުން ބަދަހިކޮށް، މައުލޫމާތު ހިއްސާކުރުމަށް ލިބޭ މުހިއްމު ޕްލެޓްފޯމެއް

ސައުދީ އިންޓަރނޭޝަނަލް މެރިން އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ބައިވެރިވެވަޑައިގެންފިއެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޛުގައި މިމަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސައުދީ އިންޓަރނޭޝަނަލް މެރިން އެގްޒެބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ޝިޔާމް ބައިވެރިވެވަޑައިގަތީ އެޤައުމުގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓު، ވޯޓާ އަދި އެގްރިކަލްޗަރ އަބްދުލްރަހްމާން އަބްދުލްމުހްސިންގެ ދަޢުވަތަކަށެވެ.

ސައުދީ އިންޓަރނޭޝަނަލް މެރިން އެގްޒިބިޝަނާއި ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މި އެގްޒިބިޝަނަކީ ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އެކި ދާއިރާތަކުން މައުލޫމާތު ހިއްސާކުރުމަށް ލިބޭ މުހިއްމު ޕްލެޓްފޯމެއް ކަމަށެވެ.

ސައުދީ އިންޓަރނޭޝަނަލް މެރިން އެގްޒިބިޝަންއަކީ ސީފުޑަށް ޚާއްސަކޮށްގެން ސައުދީ އަރަބިއްޔާގައި ބާއްވާ އެންމެ ބޮޑު އެގްޒިބިޝަނެވެ. މިއަހަރުގެ އެގްޒިބިޝަންގައި ދުނިޔޭގެ 35 ޤައުމަކުން 120 ކުންފުނިން ބައިވެރިވެފައިވެއެވެ.