ޓުއަރިޒަމް

'ޓެލެގްރާފް ޓްރެވަލް އެވޯޑް' ގެ އެންމެ ކަމުދާ ޤައުމުގެ ކެޓަގަރީ


އިނގިރޭސިވިލާތުގައި ދޭ 'ޓެލެގްރާފް ޓްރެވަލް އެވޯޑް' ގެ އެންމެ ކަމުދާ ގައުމުގެ ކެޓަގަރީން ރާއްޖެ ދެވަނަ އަށް ހޮވިއްޖެއެވެ.

އެންމެ އިތުބާރު ހުރި ސަރވޭގެ މައްޗަށް ބިނާ ކޮށްދޭ އެވޯޑްގެ ގޮތުގައި ބެލެވޭ މި އެވޯޑްގައި ތަފާތު އެކި ކެޓަގަރީތައް ހިމެނެއެވެ. އެގޮތުން އެންމެ ކަމުދާ ގައުމުގެ ކެޓަގަރީން އެއްވަނައަށް ގޮސްފައިވަނީ ނިއުޒިލޭންޑެވެ. ރާއްޖެ 2 ވަނައަށް ހޮވިފައިވާއިރު 3 ވަނައަށް ހޮވިފައިވަނީ ދެކުނު އެފްރިކާއެވެ.

ހަތްދިހަ ހާހަށް ވުރެ ގިނަ ފަތުރުވެރިންގެ ޚިޔާލުގެ މައްޗަށް ބިނާކޮށް ދޭ 'ޓެލެގްރާފް ޓްރެވަލް އެވޯޑް' ގައި އެންމެ ކަމުދާ ސިޓީ، ހޮޓެލް ޗެއިން، އެއަރލައިން އަދި ޓުއަރ އޮޕަރޭޓަރ ފަދަ ކެޓަގަރީތައް ހިމެނެއެވެ. ނިއުޒިލޭންޑަށް އެންމެ ކަމުދާ ޤައުމުގެ އެވޯޑް ލިބިފައި މިވަނީ ޖެހިޖެހިގެން 4 ވަނަ ފަހަރަށެވެ.