ޚަބަރު

މާލެއިން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ


  • ޒިޔާން އެންމެ ފަހުން ފެނިިފައިވަނީ މިމަހުގެ 1 ވަނަ ދުވަހު

  • އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހު

15 އަހަރުގެ ކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފައްޓަވައިފިއެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފްލެޓެއްގައި ދިރިއުޅެމުންދާ ދ. ކުޑަހުވަދޫ / ދާރުއްސަލާމް، އާދަމް ޒިޔާން މުޙައްމަދުކަމަށެވެ.

ފުލުހުން ވިދާޅުވީ އެ ކުއްޖާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުކަމަށެވެ. އަދި އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގެރޭ 11:00 ހާއިރު، އޭނާ ދިރިއުޅޭ ގެއިންކަމަށްވެސް ޢާއިލާއާ ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ކުއްޖާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 ނުވަތަ 3000600 އަށް ގުޅުއްވާ އެމަޢުލޫމާތު ހިއްސާކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.