ކުޅިވަރު

ނޮޅިވަރަމް ކްލަބް ހުވާސް ސެމީއަށް


ވީއޭއެމް ޕްރެޒިޑެންޓްކަޕް ނޯތް ޒޯން ކޮލިފިކޭޝަން ސެމީފައިނަލްގެ ޖާގައެއް ނޮޅިވަރަމް ކްލަބް ހުވާސް ހޯދައިފިއެވެ.

ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ވީއޭއެމް ޕްރެޒިޑެންޓް ކަޕް ނޯތް ޒޯން ކޮލިފިކޭޝަންގެ ސެމީފައިނަލުން ކްލަބް ހުވާސް ޖާގަ ހޯދީ މިއަދު ހަވީރު ނާވައިދޫ ޒުވާނުންގެ ޖަމިއްޔާއާ ވާދަކޮށް ވަރަށް ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މި މި މެޗްގެ ސެޓްތައް ނޮޅިވަރަމް ކްލަބް ހުވާސް ގެންދިޔައީ ސޯޅަ ފަންސަވީސް، ސައްބީސް ސައުވީސް، ފަންސަވީސް ސަތާރަ، ސައުވީސް ސައްބީސް އަދި ސަތާރަ ފަނަރައިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ނޮޅިވަރަމް ކްލަބް ހުވާސްގެ ސުހައިލާ އަބުދުލް މުޙްސިންއެވެ.

 މި މުބާާރާތުގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތާއި، އިހަވަންދޫ ކްލަބް ޕޯލް ސްޓަރއެވެ.