ކުޅިވަރު

ފައިނަލާ ގާތަށް ސޮސައިޓީ ފޮރ ކުުޅުދުއްފުށި ޔޫތު ޖެހިލައިފި


ވީއޭއެމް ޕްރެޒިޑެންޓް ކަޕް ނޯތް ޒޯން ކޮލިފިކޭޝަންގައި ކުޅުނު ތިންވަނަ މެޗްވެސް ކާމިޔާބުކޮށް ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތް ފައިނަލަށް ދިއުމުގެ ފުރުޞަތު ބޮޑުކޮށްފިއެވެ.

ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ ހަވަނަ މެޗްގައި ރޭ ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތް އެ ޓީމުގެ ތިންވަނަ މެޗް ކާމިޔާބުކުރީ ނޮޅިވަރަމް ކްލަބް ހުވާސްއާ ވާދަކޮށް ވަރަށް ފަސޭޙަކަމާއެކު ސީދާ ތިން ސެޓުންނެވެ. 

މި މެޗްގެ ސެޓްތައް ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތް ގެންދިޔައީ 15-25، 22-25 އަދި 14-25އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތްގެ މަރިޔަމް މިޒްނާއެވެ. މި މުބާރާތުގައި މިއަދުވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ނާވައިދޫ ޒުވާނުންގެ ޖަމިއްޔާއާ، ޒިގްޒެގް ފޮރ ޔޫތް ލިންކޭޖެވެ.