ޚަބަރު

ވިލިމާލެއިން މީހަކު ގެއްލިގެން ހޯދަނީ


  • އެންމެ ފަހުން ފެނިފައިިވަނީ އޭނާ ދިރިއުޅޭ ވ. ލަކީސްޓޮޕުން

  • މައުލޫމާތެއް އެނގޭނަމަ 3322111 އަށް ނުވަތަ 9833000 ގުޅުމަށް އެދޭ

ވިލިމާލެއިން މީހަކު ގެއްލިގެން ފުލުހުންގެ ޚިދުމަތުން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި ގެއްލިގެން ހޯދަމުންދަނީ ދ. މީދޫ / ދުނިބުރިމާގެ މަރްޔަމް ރާމިޒާއެވެ. 36 އަހަރުގެ ރާމިޒާ އެންމެ ފަހުން އާއިލާއަށް ފެނިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9:00 ހާއިރު އޭނާ ދިރިއުޅެމުން އައި ވ. ލަކީސްޓޮޕުން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ އަންހެން މީހާ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 8:37 އާއިރު ކަމަށެވެ. ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ރާމިޒާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9833000 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.