ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ޗައިނާގެ ސީޕީސީގެ ވައިސް މިނިސްޓަރ ފުރާވަޑައިގެންފިއެވެ.
ހާރިޖީ ވަޒީރު މޫސާ ޒަމީރުގެ ދައުވަތަކަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓްގެ ވައިސް މިނިސްޓަރ ސަން ހައިޔާން ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދިއްތަދުވަހުއެވެ.
މި ދަތުރުޅުގައި އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި، މުހިއްމު މަޝްވަރާތަކެއް ބޭއްވެވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ސޮއިކުރި 20 އެއްބަސްވުން އަވަހަށް ތަންފީޒުކުރެއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާތައް ބާއްވަވާފައެވެ.
ސީޕީސީގެ ވައިސް މިނިސްޓަރގެ ދަތުރުފުޅުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރާވެސް ބައްދަލުކުރައްވައި، ގުޅުންތައް ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ ސީޕީސީގެ ވައިސް މިނިސްޓަރގެ ދަތުރުފުޅަކީ ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްކަމަށެވެ.