ގަތަރުގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ތަޖިކިސްތާނުން އިތުރު ވަގުތުގައި ޖެހި ލަނޑާއެކު، މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރުން ތަޖަކިސްތާން ޖާގަ ހޯދީ ގުރޫޕްގެ ފަހު މެޗުގައި 2-1 ލަނޑުން ލުބުނާންގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ސެންޓްރަލް އޭޝިޔާއަށް ނިސްބަތްވާ ތަޖަކިސްތާނުން ވަނީ މެޗު މޮޅު ކުޅުމެއް ދައްކާ އިދިކޮޅަށް ކުޅުނު ލުބުނާން ހާސްކޮށްލާފަ އެވެ. ބައެއް ބަދަލުތަކާ އެކު ކުޅުނު ތަޖިކިސްތާނުން މެޗުގައި ބޮޑުބައެއް ކޮންޓްރޯލް ކޮއްގެން ކުޅުނު ގިނަހަމަލާތަށް ފޮނުވާލަފަވަނީ ލުބްނާނުންނެވެ.
މެޗުގެ ފުރަތަމަ ހަފުގެ އިތުރުވަގުތު އެންމެ ފަހު މިނެޓުގައި ޝެވޯނީ މަބަޝޯވް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ ލަނޑު ބަލައިނުގަނެފައެވެ. މި މެޗުގައި މަބަޝޯވް ފުރަތަމަ އެގާރާގައި ތަޖަކިސްތާން ކޯޗު ޕީޓާ ސެގަޓް ހިމަނާފަވަނީ މެޗަށް ސަސްޕެންޑްވެފައިވާ އަމދޯނީ ކަމަލޯވްގެ ބަދަލުގައެވެ.
މެޗުގެ ދެވަނަ ހާފުގަ ފަށައިގެން ދެވަނަ މިނިޓުގައި ލުބްނާން ލީޑު ނެގީ ހަސަން ސަރޫރް ތަނަވަސްކޮއްދިން ފުރުސަތެއްގައި ޕެނެލްޓީ އޭރިޔާ ބޭރުން ބަސަލް ޖްރާޑީއެވެ. މިއީ މިއަހަރުގެ މުބާރާތުގައި ލުބްނާނުން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މެޗު ނިމެން 10 މިނެޓަށްވެފައި ވަނިކޮށް މުބާރާތުގެ ތާރީހުގައި ތަޖަކިސްތާނުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޕާވިޒްހޯން އުމަރްބައޭވް އެވެ. އެ ޓީމު މުބާރާތުގެ ދެވަނަ ބުރު ކަށަވަރުކުރި ލަނޑު އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ނޫރުއްދީން ކަމަރްލޯވް އެވެ.
މެޗުން ހޯދި ތިން ޕޮއިންޓާއެކު ތަޖިކިސްތާނުން ގުރޫޕް ސްޓޭޖު ނިންމާލީ ދެވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. މި ގުރޫޕުގެ ފަހު މެޗުގައި ގަތަރު ވަނީ ރޭ ޗައިނާ އަތުން މޮޅުވެ ސައްތައިގެ ރިކޯޑަކާއެކު ގުރޫޕް ފިޔަވަހި ނިންމާލާފައެވެ.
މެޗަށް ނިކުތްއިރު ނޮކައުޓް ބުރުން ޖާގަ ހޯދާފައިވާ ގަތަރުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ހަސަން އަލް ހައިދޯސް އެވެ.