ޚަބަރު

ޑިންގި ބަންޑުން ޖަހާލި ޙާދިސާގައި ހިމެނޭ މީހުން ފަރުވާއަށްފަހު ދޫކޮށްލައިފި


  • ބަންޑުން ޖަހާލި ޑިންގީގައި ތިބީ ދެމީހުން

  • ހާދިސާ ހިންގިތާ ކުޑަވަގުތުކޮޅެއްފަހުން އެމީހުން ނެގީ ކަންނެލި ދޯންޏަކުން

  • ފަރުވާ ދިނުމަށް ގެންދިޔައީ ށ.ފީވަކަށް

ޑިންގީ ބަންޑުންޖަހާލި ޙާދިސާގައި ހިމެނޭ ދެ މީހުންނަށް ށ. ފީވަކު ސިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު ދޫކޮށްލައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ބަންޑުންޖަހާލި ޑިންގީއަކީ ށ. މިލަންދޫއިން ފުރައިގެން ހދ. ކުޅުދުއްފުށްޓަށް ދަތުރުކުރަމުންދިޔަ ޑިންގީއެއްކަމަށެވެ. ފޯކައިދޫ ކައިރިން ޑިންގީ ބަންޑުން ޖަހާލުމުގެ ޙާދިސާ ހިނގީ 22:23 ހާއިރުއެވެ.

މި ހާދިސާގައި ބަންޑުންޖަހާލި ޑިންގީގައި ތިބި މީހުން ނަގާފައިވަނީ އެ ސަރަޙައްދުން ދަތުރުކުރި ކަންނެލި ދޯންޏަކަށްކަމަށް އެމް.އެން.ޑީ.އެފުން ވަނީ މަޢުލޫމާތު ދީފައެވެ. މި މަޢުލޫމާތު އެމް.އެން.ޑީ.އެފަށް ލިބުނީ ރޭ 12:20 ހާއިރުއެވެ.

މި ދެ މީހުން ނަގައިގެން ގެންދިޔައީ ށ. ފީވަކު ސިއްޙީ މަރުކަޒަށެވެ. ފީވަކު ކައުންސިލުން ވިދާޅުވީ، އިތުރު ސިއްޙީ މައްސަލައެއް ފާހަގަނުވާތީ 4 ގަޑިއިރު މޮނިޓަރިންގައި ބޭއްވުމަށްފަހު މިހާރު އެ މީހުން ސިއްޙީ މަރުކަޒުން ދޫކޮށްލާފައިވާކަމަށެވެ.