ބޮމެއް އޮތް ކަމަށް ބުނެ ބިރުދެއްކި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެމީހާ ހައްޔަރު ކުރީ ހަނިމާދޫ އެއަރޕޯޓުން ކަމަށެވެ. އެގޮތުން، އެއަރޕޯޓަށް ފުރަން ގޮސް ހުރެ ބޮމެއް އޮތް ކަމަށް ބުނެ ބިރުދެއްކި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.