ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ޔޫއޭއީއަށް މިއަދު ފުރާވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ.
މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ޑައިރެކްޓްރޭޓް އޮފް ސީ 4 ސިސްޓަމްސް އެންޑް ސިވިލް މިލިޓަރީ ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އިބްރާހިމް ޝާން ޝާކިރު ބައިވެރިވެވަޑައިގަންނަވައެވެ.