ކުޅިވަރު

އިހަވަންދޫ ފުރަތަމަ މެޗު ކާމިޔާބުކޮށްފި


ވީއޭއެމް ޕްރެޒިޑެންޓް ކަޕް ނޯތް ޒޯން އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ ކްލަބް ޕޯލް ސްޓަރސް ކުޅުުނު ފުރަތަމަ މެޗް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

މިހާރު ކުޅުދުއްފުށީގައި ކުރިއަށްދާ ވީއޭއެމް ޕްރެޒިޑެންޓް ކަޕް ނޯތް ޒޯންގެ އަންހެން ޑިވިޝަން ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗް އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ ކްލަބް ޕޯލް ސްޓަރ މެޗް ކާމިޔާބުކުރީ ނާވައިދޫ ޒުވާނުންގެ ޖަމިއްޔާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗްގެ ސެޓްތައް އިހަވަންދޫ ކްލަބް ޕޯލް ސްޓަރ ގެންދިޔައީ 25-05، 25-12 އަދި 25-10 ނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އިހަވަންދޫ ކްލަބް ޕޯލް ސްޓަރގެ ފާތުމަތު ތަހޫރާއެވެ. 

މި މުބާރާތުގައި މިއަދުވެސް ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޒިގްޒެގް ފޮރ ޔޫތް ލިންކޭޖާއި، އިހަވަންދޫ ކްލަބް ޕޯލް ސްޓަރއެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތްއާ ނޮޅިވަރަމް ކްލަބް ހުވާސްއެވެ.