ޚަބަރު

ދުރާލާ ޓިކެޓް ނަގައިގެން ހެޔޮ އަގެއްގައި މަޑިވަރަށް


  • ޕްރޮމޯޝަނަލް ފެއާގައި އެއްކޮޅު ދަތުރުގެ އަގަކީ 949 ރުފިޔާ

  • އެއްކޮޅު ދަތުރެއްގެ އަސްލު އަގު އުޅެނީ 1377 ރުފިޔާގައި

  • ފެއަރގައި ދަތުރުކުރެވޭނީ މިމަހުގެ 20ގެ ފަހުން

ދުރާލާ ޓިކެޓް ނަގައިގެން މޯލްޑިވިއަން އިން ޅ. އަތޮޅު މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މޯލްޑިވިއަނުން ބުނީ ޕްރޮމޯޝަނަލް ފެއަރގެ ދަށުން މަޑިވަރާއި މާލެއާ ދެމެދު އަދި މާލެއާއި މަޑިވަރާ ދެމެދު ކުރާ އެއްކޮޅު ދަތުރުގެ އަގަކީ 949 ރުފިޔާކަމަށެވެ. މިފެއަރގައި ދަތުރުކުރެވޭނީ މިމަހުގެ 20 ވަނަ ދުވަހުގެ ފަހުން ދަތުރުކުރާ ފަރާތްތަކަށެވެ.

ޕްރޮމޯޝަނަލް ފެއަރ ލިބޭނީ މޯލްޑިވިއަންގެ މޯބައިލް އެޕް އަދި މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮން ޓިކެޓް ނަގާ ފަރާތަކަށެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ހިންގަމުންދާ މަޑިވަރު އެއާޕޯޓަށް ކުރާ އެއްކޮޅު ދަތުރެއްގެ އަސްލު އަގު އުޅެނީ 1377 ރުފިޔާގައެވެ.

1200 މީޓަރުގެ ރަންވޭއަކާއެކު މަޑިވަރުގައި އެއަރޕޯޓް ހުޅުވާފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހެވެ. މި އެއާޕޯޓުގައި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޓަރމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއް ޤާއިމުކޮށްފައިވެއެވެ.