ޚަބަރު

ރިޔާސީ ބަޔާން އިއްވަވާ ދުވަސް ސަރުކާރު ބަންދު ނުކުރައްވަން ރައީސް ކަނޑައަޅުއްވައިފި


  • ރައީސް ޑރ.މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާނީ 5 ފެބުރުއަރީގައި

ރިޔާސީ ބަޔާން އިއްވަވާ ދުވަސް ސަރުކާރު ބަންދު ނުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، މީގެފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މިގޮތަށް ކަނޑައެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ނެރުއްވާފައިވާ ދެންނެވުން ނަންބަރު 4/2019ވަނީ ބާޠިލްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އޮންނާނީ ފެބުރުއަރީ މަހުގެ 5 ދުވަހުއެވެ.