ޚަބަރު

ޓީވީއެމް ގޯތިތެރޭގައި ކެންޓީނެއް ހިންގައިދޭނެ ބަޔަކު ހޯދަނީ


  • މަޢުލޫމާތު ދިނުމާއި ސައިޓް ދެއްކުން އޮންނާނީ އަންނަ ހޯމަ ދުވަހު

  • ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ މިމަހުގެ 28ވަނަ ދުވަހު

ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމް ބިލްޑިންގެ ގޯތިތެރޭގައި ކެންޓީނެއް ހިންގައިދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާއިން މިކަމާއި ގުޅޭގޮތުން ނެރުނު އިޢުލާނުގައި ބުނީ ޓީވީ މޯލްޑިވްސްގެ ގޯތިތެރޭގައި ހަދާފައިވާ ކެންޓީން އަމިއްލަ ތަކެތީގައި މަރާމާތުކޮށް، ކުންފުނީގެ މުވައްޒަފުންނަށް އެކަށީގެންވާ އަގެއްގައި ކެއުމުގެ ކަންކަން ހަމަޖައްސަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުމާއި، ޓީވީ ބިލްޑިންގްގައި ކެންޓީން ސައިޓް ދެއްކުން އޮންނާނީ އަންނަ ހަފްތާ ހޯމަ ދުވަހު ހެނދުނު 10:00 ޖަހާއިރުއެވެ.

މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންޖެހޭނީ، މިމަހުގެ 28ވާ އާދިއްތަ ދުވަހުގެ 10:00ގައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގްއަށެވެ.

ޕްރޮޕޯސަލް ހުށައަޅާއިރު، ފޯމުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ލިޔެކިޔުން ހުށައަޅަންޖެހޭނެއެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ލިބޭނީ، ސައިޓު ބެލުމާއި މަޢުލޫމާތު ސާފުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.