ޚަބަރު

އަންހެން ބައިގެ ޗެމްޕިއަންކަން ދިޔަމިގިލި ހޯދައިފި


ތ.އަތޮޅު ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަންދިޔަމިގިލި ހޯދައިފިއެވެ. 

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި މަޑިފުއްޓާއިވާދަކޮށް ދިޔަމިގިލި މެޗް ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. 

ފައިނަލް މެޗްގެމޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީދިޔަމިގިލި ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ދިނޭޝާ ޕްރަޝާދަނީއެވެ. މުބާރާތުގެ އެންމެ މޮޅުސްޕައިކަރަކީވެސް އޭނާއެވެ. 

މުބާރާތުގެ އެންމެ މޮޅު ސާރވަރަކީ ދިޔަމިގިލި ޓީމްގެރާޝިދާ އަލީއެވެ. އެންމެ މޮޅު ސެޓަރަކަށް ހޮވުނީ މަޑިފުށި ޓީމްގެ މަރިޔަމް ނާސިރާއެވެ.މުބާރާތުގެ އެންމެ މޮޅު ޑިގަރަކީ މަޑިފުށި ޓީމްގެ ހައްވާ ރާޝިދާއެވެ. އަދި މުބާރާތުގެފެއަރ ޕްލޭ ކުޅުންތެރިޔަކީ ދިޔަމިގިލި ޓީމްގެ އައިޝަތު ޝައްފައެވެ. 

މުބާރާތުގެ އެންމެމޮޅު ކޯޗަކީ ދިޔަމިގިލީގެ ކޯޗް އިބްރާހިމް ރަޝީދު، ސަތޯއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީ ފާތިމަތު ރީޝާއެވެ. މުބާރާތުގެފެއަރ ޕްލޭ ޓީމަކީ ތ.ވިލުފުށްޓެވެ. 

އަންހެން ބައިގެ އިތުރުން ފިރިހެން ބައިވެސް ހިމެނޭމި ވޮލީ ބޯޅަ މުބާރާތަކީ ތ.އަތޮޅު ކައުންސިލުން އިންތިޒާމް ކުރައްވައިގެންކުރިއަށްގެންދާ މުބާރާތެކެވެ.