ޚަބަރު

ވީއައިއޭއިން ކަރަންޓް ކެނޑެން މެދުވެރިވި މައްސަލަ ހައްލުކޮށް ކަރަންޓްދީފި


  • ވީއައިއޭއިން ކަރަންޓް ކެނޑުނީ ސްވިޗްގިއަރަކަށް ދިމާވި މައްސަލައަކާގުޅިގެން

  • އެމްއޭސީއެލްއިން ބުނީ ގަޑިއެއްހާއިރުތެރޭގައި ކަރަންޓްގެ ޚިދުމަތް ލިބިފައިވާކަމަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކަރަންޓް ކެނޑެން މެދުވެރިވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ކަރަންޓްގެ ޚިދުމަތް ދީފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހްމީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ވީއައިއޭއިން ކަރަންޓް ކެނޑުނީ ސްވިޗްގިއަރަކަށް ދިމާވި މައްސަލައަކާގުޅިގެން ކަމަށެވެ. އަދި މިކަން ހައްލުކޮށް ޚިދުމަތަށް ދަތިނުވާނެގޮތަށް ދެޓަރމިނަލަށްވެސް ކަރަންޓް ދީފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ބުނީ ކަރަންޓްގެ ޚިދުމަތް މެދުކެނޑުނުތާ ގަޑިއެއްހާއިރުތެރޭގައި ކަރަންޓްގެ ޚިދުމަތް ލިބިފައިވާ ކަމަށެވެ. ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު ވަގުތުވެސް ބެކަޕް ސިސްޓަމް މެދުވެރިކޮށް އިންޓަރނޭޝަނަލް ޚިދުމަތްތަކަށް މެދުނުކެނޑި ކުރިއަށް ދިޔަކަމަށް އެމްއޭސީއެލްއިން ބުނެއެވެ.