އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓާއެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރި އިބްރާހިމް އާމިރެވެ. ނޫރައްދީން އިންވެސްޓްމަންޓް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އަލީ ނޫރައްދީނެވެ.
އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމަށް ނޫރައްދީން އިންވެސްޓްމަންޓާ ހަވާލުކުރީ އެއް މިލިޔަން ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާއަށެވެ. މި މަސައްކަތް ނޫރައްދީން އިންވެސްޓްމަންޓާ ހަވާލުކުރީ މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.