ދުނިޔެ

އިރާގުގެ ރަމާދީއަށް ރައްޔިތުން އެނބުރި ދާން ފަށައިފި


އައިއެސް ޖަމާޢަތުގެ އަތްދަށުން މިނިވަންކޮށްފައިވާ ޢިރާގުގެ ރަމާދީ ސިޓީއަށް އެސިޓީގެ ރައްޔިތުން އަލުން އެނބުރި ރުޖޫޢަ ވަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ރަމާދީގެ މަސްއޫލުވެރިން ވިދާޅުވީ އައިއެސް ގެ އަތްދަށުން ރަމާދީ މިނިވަންކުރުމަށް ޢިރާޤު ސިފައިން ކުރި ހަނގުރާމައިގާ ގެދޮރު ދޫކޮށް ދިޔަ އެރަށުގެ ރައްޔިތުން އަލުން އެނބުރި އަންނަމުންދާ ކަމަށާ މިހާތަނަށް 12500 ޢާއިލާ އެނބުރި ރުޖޫޢަވެ އަލުން ދިރިއުޅެން ފަށާފައިވާކަމަށެވެ. އެމީހުން އެނބުރިއައީ ރަމާދީގައި އެއްވެސް ނުރައްކަލެއް ނެތްކަމާއި އެރަށް އަމާންކަމުގެ އިޙްސާސް ކުރެވިގެންކަމަށްވެސް ރަމާދީގެ ލޯކަލް މަސްއޫލުވެރިން ވިދާޅުވެއެވެ.

ޢިރާގު ސިފައިން އައިއެސްގެ އަތްދަށުން ރަމާދީ މިނިވަން ކޮށްފައިވަނީ ދެހާސް ފަނަރަވަނަ އަހަރުގެ ފަހުކޮޅުގައެވެ. މިހަނގުރާމައިގާ ރަމާދީގެ ބޮޑުބައެއް ވަނީ މުޅިން ހަލާކުވެ ސުންނާފަތި ވެފައެވެ.