ޚަބަރު

ޗައިނާގެ ހޮންގދޮންގ ފިޝަރީ ކޯޕަރޭޝަނަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި


  • ކުންފުނީގެ މަސައްކަތްތަކާގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހެޅި

  • ކުންފުނީގެ އުފެއްދުންތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ފޫ ޖޮއުގައި ހުންނަ ހޮންގދޮންގ ފިޝަރީ ކޯޕަރޭޝަނަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، ހޮންގދޮންގ ފިޝަރީ ކޯޕަރޭޝަންގެ ފަރާތުން ވަނީ ކުންފުނީގެ މަސައްކަތްތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، އަރިހުގައި ވަޑައިގެންނެވި ދިވެހި ސަރުކާރުގެ ވަފުދުގެ ބޭފުޅުންނަށް އެކުންފުނީގެ މަސައްކަތްތަކާއި އުފެއްދުންތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.