ޓުއަރިޒަމް

ވޯރލްޑް ޓްރެވަލް އެވޯޑްގެ ރަން ވަނަތަކެއް ރާއްޖެއަށް


23 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްގެ އިންޑިއަން އޯޝަންބައިން މަޤްބޫލު ގިނަ އެވޯޑްތަކެއް ރާއްޖެއަށް ލިބިއްޖެއެވެ. ރާއްޖެ ވަނީ މިބައިން 16 އެވޯރޑެއް ޙާޞިލްކޮށްފައެވެ.

މިއެވޯޑްތަކުގެ ތެރޭގައި، އެންމެ ހިތްގައިމު މަންޒިލަކަށް ރާއްޖެ ވެގެންދިޔުމާއި، އެންމެ މަޤްބޫލު އެއަރޕޯޓަކަށް އިބްރާހިމް ނާޞިރް އިންޓަރނޭޝަނަލް އެއަރޕޯޓް ހިމެނިފައިވުމާއި، އެންމެ ހިތްގައިމު ބީޗް އޮންނަ ޤައުމުގެ ގޮތުގައި ރާއްޖެ ހިމެނިފައިވެއެވެ. އަދި އެންމެ ރަނގަޅު ޑައިވް މަންޒިލެއްގެ އެވޯޑާއި، އެންމެ ރަނގަޅު ހަނީމޫން މަންޒިލްގެ އެވޯޑް ރާއްޖެއަށް ލިބިފައިވެއެވެ. މީގެތެރެއިން އެންމެ ރޮމޭންޓިކް ރިސޯޓަކަށް ހޮވިފައިވަނީ ބަރޮސް މޯލްޑިވްސްއެވެ.

އެންމެ ހިތްގައިމު ޑައިވް ރިސޯޓަށް ހޮވިފައިވަނީ ކޮންސްޓެންސް މާފުށިއެވެ. އެންމެ މަގްބޫލު ފެމިލީ ރިސޯޓަކީ އިރުފުށި ރިސޯޓު، އެންމެ މަޤްބޫލު ހޮޓެލްގެ އެވޯޑް ލިބުނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑަށެވެ.

މީގެ އިތުރުން ލަގްޒަރީ ވޯޓާރ ވިލާ އާއި، ލީޑިންގ ނިޔު ރިސޯޓްއާއި ލީޑިންގ ސީޕްލޭން އޮޕަރޭޓަރ އާއި ލީޑިންގ ޓްރެވަލް އެޖެންސީގެ މަޤާމް ވެސް ރާއްޖެއަށެވެ.